ކުޅިވަރު

ރޮނާލްޑޯގެ ލަނޑުން މޮޅުވެ ޔުނައިޓެޑު ފަސްވަނައަށް


އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެ ތާވަލުގެ ފަސްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
ރަށުންބޭރުގައި ޔުނައިޓެޑު މޮޅުވީ ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީއާ ވާދަކޮށް 1-0 ލަނޑުންނެވެ.

މެޗުގައި ޖެހި ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ޔުނައިޓެޑަށް ކޯޗުކޮށްދިން ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާށް ވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑު އެލްކްސް ޓެލެސް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ރަނގަޅު ހަމަލާތަކެއް ދިފާއުކޮށްފައެވެ. އެގޮތުން ނޯވިޗްގެ ތިމޫ ޕުއްކި ފޮނުވާލި ބޯޅައާއި، އޯޒާން ކަބަކް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. މި މޮޅާއެކު ޔުނައިޓެޑުން ވަނީ ލީގުގައި އާސެނަލް އާއި ޓޮޓްނަމަށް ވުރެ ކުރިޔަށް ޖެހިލާފައެވެ. ކުޅުނު 16 މެޗުން ހޯދި 27 ޕޮއިންޓާއެކު ޔުނައިޓެޑު މިވަގުތު އޮތީ ލީގުގެ 5ވަނަ މަގާމުގައެވެ.

ނޯވިޗް ސިޓީ ތާވަލުގެ ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ.