ކުޅިވަރު

އީޕީއެލްއިން އަލުން ކޯވިޑްގެ އިމަރޖެންސީ ހާލަތަށް ދާން ނިންމައިފި


އިންގްލިޝް ޕްރިމިއަރ ލީގުން ކޯވިޑްގެ އިމަރޖެންސީ ހާލަތަށް އެނބުރި ދާން ނިންމާ ކްލަބްތަކަން އެއަށް އަމަލު ކުރަން ފަށަން އަންގައިފިއެވެ.

ޕްރިމިއަރ ލިގުން މިގޮތަށް އަމަލު ކުރަން ނިންމީ އަނެއްކާވެސް އިންގްލަންޑުގައި ކޯވިޑް-19 ވައިރަސް ފެތުރުން އިތުރުވެ ސަރުކާރުން އާ އުސޫލްތައް އަނެއްކާވެސް ހަރުދަނާ ކުރުމާއި ގުޅިގެންނެވެ. ޕްރިމިއަރ ލީގުން މިފަހަރުގެ ސީޒަން ފެށި ކުއްލި ހާލަތުގައި އޮވެގެންނެވެ. މިގޮތުން ސޯޝަލް ޑިސްޓެންސިންގ ބެހެއްޓުން ފަދަ ކަންތައްތަކަށް ދިޔައީ އަމަލު ކުރަމުންނެވެ. ދެޑޯޒް ގިނަ އަދަދަކަށް ފުރިހަމަ ކޮށްފައިވާ ކްލަބްތަކުން ފަހަކަށް އައިސް ވަނީ ކޯވިޑްގެ އުސޫލްތަކަށް އަމަލު ކުރުން ލުއިކޮށްފައެވެ. ނަމަވެސް މިއެންގުމާއެކު އެފަދަ ކްލަބްތަކުންވެސް އަލުން ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭނެއެވެ.

ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕރގެ ގިނަ ކުޅުންތެރިންތަކަކަށް ކޯވިޑް-19 ޖެހުމާއި ގުޅިގެން ޔޫރޮޕާ ކޮންފަރެންސް ލިގުގައި ކުލެން އޮތް މެޗްވެސް ވަނީ ފަސް ކޮށްފައެވެ. އަދި ލިގުގައި މިއަންނަ އާދީއްތަ ދުވަހު ކުޅެން އޮތް މެޗްވެސްވަނީ ފަސް ކޮށްފައެވެ. މިގެއިތުރުން ލެސްޓަރ ސިޓީގެ ގިނަ ކުޅުންތެރިންތަކަކަށް ކޯވިޑް-19 ޖެހުމާއި ގުޅިގެން އެންމެ ފަހުން ނަޕޯލީ އާއި ޔުރޮޕާ ލީގުގައި ކުޅުނު މެޗްގައި އިޓަލީވިލާތަށް ތަދުރު ކުރަން ޖެހުނީ އެކުޅުންތެރިންނާއި ނުލައެވެ.

މިގެނައި ބަދަލާއެކު ހިޔާކޮށްފައި ހުންނަ ތަންތާގައި އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި ތެރަޕީ ސެޝަންތަށް 15 މިނެޓަށް ވުރެ ދިގު ނުކުރުމާއި މެޑިކަލް ސްޓަފުން ކުޅުންތެރިންނާއި ގާތަށް ދާއިރު ޕީޕީއީ ކިޓް ފުރިހަމައަށް އަޅައިގެން ހުރުން ހިމެނެއެވެ. އިނގިރެސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓް ފެތުރުން ކުޑަކުރުމަށްތަކައި ޕްލޭން ބީއަށް އަމަލު ކުރަން ފަށާފައިވާކަމަށެވެ.

އިނިގިރޭސި ސަރުކާރުގެ މިނިންމުމާއެކު 10 ހާސް މީހުންނަށް ވުރެ ގިނައިން މީހުން ވައްނަ ކުޅިވަރު އިވެންޓް ތަކަށް މީހުންނަށް ވަދެވޭނީ ދެޑޯޒް ޖަހާފައިވާކަން ޔަގީން ކޮށްދިނުމުން ނުވަތަ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައިގެންނެވެ.