ކުޅިވަރު

ވިޓޭސޭ މޮޅުވެ ޓޮޓްނަމް ޕްރެޝަރަށް


ޔޫރޮޕާ ލީގުގައި ނެދަލޭންޑްގެ ވިޓޭސޭ މޮޅުވެ އިނގިރޭސި ކުލަބަށް ޓޮޓްނަމަށް އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެއެވެ.

ވިޓޭސޭ އަމިއްލަ ދަނޑުގައި ކުޅެ މޮޅުވީ ސްލޮވޭނިޔާގެ އެންއެސް މުރާއާ ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. ވިޓޭސޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ތޯމަސް ބުއިޓިންކް އާއި ޑާން ހުއިސްމަންގެ އިތުރުން ލޮއިސް އޮޕެންޑާއެވެ. މުރާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗު ނިމެން 9 ވަނަ މިނިޓަށް ވެފައިވަނިކޮށް އާމަޑެޖް މަރޯސާއެވެ.

މިނަތީޖާ އެކު މިވަގުތު ގުރޫޕްގެ ދެވަނައިގަ ވިޓޭސޭ އޮތީ 10 ޕޮއިންޓާއެކުއެވެ. ކޮވިޑްގެ ކޭސްތައް ގިނަވެގެން ޓޮޓްނަމް ކުޅެން އޮތް މެޗު ފަސްކުރި އިރު މިހާރު އޮތްގޮތުން ގުރޫޕުގެ ފަހު މެޗުގައި ރެންނައިސް އަތުން މޮޅުވާން ޓޮޓްނަމަށް މަޖުބޫރު ވާނެއެވެ.

އެމެޗު ކާމިޔާބުކޮށްފިނަމަ ހެޑްޓުހެޑް ނަތީޖާ ބަލާއިރު ރަށުން ބޭރުގައި ޖެހި ލަނޑުގެ ތަފާތުން ޓޮޓްނަމަށް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ.