ކުޅިވަރު

މީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއް: ޗަންނަ


ރާއްޖޭއާ ދެކޮޅަށް ކުޅޭ މެޗުތަކުން ބޭނުންވަނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށް ސްރީލަންކާ ގައުމީ ވޮލީޓީމުގެ ކޯޗު ޗަންނަ ޖަޔަސޭކަރު ބުނެފިއެވެ.

އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށް ލަންކާ ޤައުމީ ވޮލީ ޓީމު ރާއްޖެ އައީ އިއްޔެއެވެ. އެ ޓީމްގެ މި ދަތުރުގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމާއި އެކު ތިން މެޗެއް ކުޅެން ވަނީ ނިންމާފައެވެ. މީގެ ފުރަތަމަ މެޗް އޮންނާނީ މިރެއެވެ. ދެވަނަ މެޗް މާދަމާރޭ އަދި ފަހު މެޗް އޮންނާނީ އަންނަ އާދިއްތަދުވަހުގެ ރެއެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު ވާހަކަ ދައްކަމުން ޗަންނަ ބުނީ ޓީމުގައި ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ތިބި ނަމަވެސް ބޭނުންވަނީ ރާއްޖެ އަތުން މޮޅެއްކަމަށެވެ. އަދި ތީމުގެ ވިސްނުމަކީ ރާއްޖެއާއި ދެކޮޅަށް ކުޅޭ ތިން މެޗު ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައި ކުރިޔަށް އޮތް މުބާރާތުގައި ވާދަކުރުންކަމަށްވެސް ލަންކާގެ ކޯޗު ޗަންނަ ބުނެއެވެ.

" ރާއްޖެއާ އަޅާބަލާއިރު އަހަރެމެންގެ ޓީމު ތަފާތު، މިއީ ޒުވާން ކުޅުންތެރިން ގިނަ ޓީމެއް، ބޭނުންވަނީ މި ކުޅުންތެރިންނަށް މުބާރާތުގެ ކުރިން ރަނގަޅު ތަޖުރިބާއެއް ހޯދަން." ރާއްޖޭގައި ރަނގަޅު ތަޖުރިބާތަކެއް ކޮށްފައިވާ ލަންކާގެ ކޯޗު ޗަންނަ ބުނިއެވެ.

2019 ވަނަ އަހަރުވެސް ލަންކާގެ ޤައުމީ ބާސްކެޓް ޓީމުންވަނީ ރާއްޖެ އައިސް އެކުވެރިކަމުގެ މެޗްތަކެއް ކުޅެފައެވެ. އެފަހަރު އައި ސީނިއަރ ވަރުގަދަ ސްކޮޑްގެ ތެރޭގައި ރާއްޖޭގެ ޓީމްތަކަށް ކުޅުނު ކުޅުންތެރިވެސް ހިމެނުނެވެ. އެފަހަރު ކުޅުނު 3 މެޗުންވެސް ލަންކާގެ ޓީމު ވަނީ މޮޅުވެފައެވެ.

ލަންކާގެ ޓީމު ރާއްޖެގައި މެޗްތަކެއް މި ކުޅެނީ މިމަހު 22 އިން 29 ބަންގަލަދޭޝްގެ ޑާކާގެ އޮންނަ ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުންނެެވެ. އެ މުބާރާތުގައި ރާއްޖެއިންވެސް ވާދަކުރާނެއެވެ.