ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައަށް ރެއާލްމެޑްރިޑް ޖެހިލައިފިއެވެ. މެޑްރިޑް ތާވަލު އެއްވަނައަށް ރޭ ލީގުގައި އަމިއްލަ ދަނޑުގައި އޮސެސޫނާއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. 
މެޗުގެ ރެއާލްއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ކަރިމް ބެންޒީމާއަށެވެ. މެޗުގެ ފަހުހާފުގައި ރެއާލްގެ ކަސިމީރޯއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގައި އޮސަސޫނާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޯން މުންކަޔޯލާއަށެވެ. އެހެން ނަމަވެސް އެއްވެސް ފުރުސަތެއް ވަނީ ލަނޑަކަށް ބަދަލު ކުރެވޭ ގޮތްނުވެފައެވެ. މިއީ 2005 ވަނަ އަހަރުފަހުން އޮސަސޫނާއިން މެޑްރިޑްގެ ދަނޑުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. 
ރެއާލް ވަނީ އެންމެފަހުން އޮސަސޫނާއާ ދެކޮޅަށް އެންމެފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފައެވެ. ރޭގެ ނަތީޖާއެކު ރެއާލް އެއްވަނައިގައި އޮތީ ކުރީގައި ހަތަރު ޓީމާ އެއްވަރަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުނެނެވެ. ސެވިއްޔާ ދެވަނައިގައި ވަނީ 21 ޕޮއިންޓާއެކުއެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ރެއާލް ބެޓިސް ތިންވަނައިގަ ވާއިރު ހަތަރުވަނައިގައި އޮތީ ރެއާލް ސޮސެއިދާދެވެ. ލީގުގެ ގަދަހަތަރުކުން ބޭރުގައި އޮތް އެންމެ މައްޝޫރު ދެޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ބާސެލޯނާއެވެ. 
އެތުލެޓިކޯ 7ވަނައިގަ އޮތް އިރު ބާސެލޯނާ އޮތީ އެއްވަނައިގަ އޮތް މެޑްރިޑަށް ވުރެ ހަ ޕޮއިންޓު ފަހަތުން 9 ވަނައިގައެވެ.