ކުޅިވަރު

ވެރާން އަށް އަނިޔާވެ ކުޅުމާ ދުރަށް


މެންޗެސްޓާ ޔުނައިޓަށް ކުޅެމުންދާ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވެރާނަށް އަނިޔާވެ، ދެ ތިން ހަފުތާގެ މުއްދަތަކަށް އޭނާ އަށް ނުކުޅެވޭނެ ކަމަށް ޔުނައިޓަޑުން ބުނެފިއެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ވެރާންގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން، ދެ ތިން ހަފުތާގެ މުއްދަތަކަށް އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ. އަދި މިހާރު އޭނާގެ ރިކަވަރީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ވެރާންއަށް އަނިޔާވީ ޔުުއޭފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ފްރާންސް ކުޅުނު މެޗުގައެވެ. އެ މެޗުގައި ވެރާނަށް އަނިޔާވެ އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ. ރެއާލް މެޑްރިޑުން މި ސީޒަންގައި ޔުނައިޓެޑާ ގުޅުނު ވެރާން ވަނީ މި ސީޒަންގައި ޔުނައިޓަޑްގެ ފުރަތަމަ 11ގައި ހަ މެޗު ކުޅެފައެވެ. ވެރާނަށް އަނިޔާވުމަކީ ޔުނައިޓަޑަށް ދިމާވާނެ އިތުރު މައްސަލައެއް ކަމަށް ބެލެވެއެވެ.

ލީގުގައި ކުރިޔަށް އޮތް ދެހަފްތާގައި ޔުނައިޓެޑު ނުކުންނާއި ވާދަވެރި ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ.