ޚަބަރު

ރިޓްޒް ކާލްޓަން ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ރިޓްޒް ކާލްޓަން ރިސޯޓުގެ މޫދު ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ 12:29 އެހާކަށް ހާއިރު ކަމަށާއި، ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދޭ ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ އެރިޒޯޓުގެ ވޯޓަރ ވިލާއެއްގެ ފަންގި ފިލާއެއްގައްޔާއި ފާޚާނާގައެވެ. އަލިފާނުގެ ސަބަބުން ވޯޓަރ ވިލާއަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވި ކަމުގެ މަޢުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.

އަދި މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސްގެ ޓީމެއް އެ ރިސޯޓުގައި އަލިފާން ރޯވި ސައިޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.