ޚަބަރު

އެމްއެމްއޭއިން ޙިދުމަތް ދޭނީ ހޯމަ އަދި ބުދަދުވަހު


މާލޭ ސަރަހައްދުގެ ބޭންކުތަކާއި އެމްއެމްއޭގެ ޙިދުމަތް މިމަހުގެ 15އާ ހަމައަށް ހަފްތާއަކު ދެދުވަހު ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން ބުނީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން އެއޮތޯރިޓީ އަދި ބޭންކުތަކުން ވެސް ޙިދުމަތް ދޭނީ ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. ހޯމަ އަދި ބުދަ ދުވަހު ޙިދުމަތް ދޭއިރު، އެމްއެމްއޭއިން ފައިސާ ބަލައިގަނެ ދޫކުރުމަށް، ހަމަޖެހިފައިވަނީ ހެނދުނު 9:30އިން މެނދުރު 12:00އާ ހަމައަށެވެ.

ބޭންކިންގް ޙިދުމަތް ދެމުންދާނީ އެޕޮއިންޓްމެންޓު އުސޫލުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިގަޑީގައި ސިޓީއާ ތަކެތިވެސް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތަށް ހުޅުވައިގެން ޙިދުމަތް ދިނުން މެދު ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 15ގެ ނިޔަލަށް މިފިޔަވަޅު ދަމަހައްޓަން ވަނީ ނިންމާފައެވެ. މިއާއެކު ބައެއް މުޢައްސަސާތަކުން ކައުންޓަރ ޙިދުމަތް އެއްކޮށް ކަނޑާލާފައިވާއިރު، ބައެއް ތަންތަނުން އެޕޮއިންޓްމެންޓް އުސޫލުން ޒަރޫރީ ޙިދުމަތް ކުރިއަށް ގެންދެވޭނެ އިންތިޒާމުވަނީ ހަމަޖައްސަފާއެވެ.