ޚަބަރު

މިއަދު 14:30ގައި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން މިއަދު 14:30ގައި އޮންނާނެކަމަށެވެ. ނޫސްވެރިންގެ މިބައްދަލުވުން އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. ނޫސްވެރިންގެ މިބައްދަލުވުން ޕީއެސްއެމް އާއި ޓީވީއެމުން ވަގުތުން ގެނެސްދޭނެއެވެ.