ޚަބަރު

އުނގޫފާރުގައި، ފެރީއެއް ތޮށިގަނޑުގައި ޖެހި ބަޔަކު ޒަހަމްވެއްޖެ


ރ. އުނގޫފާރަށް ފެރީއެއް ކައިރިކުރުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި އެފެރީން ދަތުރުކުރި ބަޔަކަށް އެކިވަރުގެ ޒަޙަމްވެއްޖެއެވެ. މި ހާދިސާގައި ޒަޙަމްވެފައިވަނީ ކިހާ އަދަދެއްގެ މީހުންނެއްކަމެއް އަދި އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއްކަމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް މި އެންމެނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު އެ އަތޮޅު ދުވާފަރުން ފުރައިގެން އުނގޫފާރަށް ދަތުރުކުރަމުންދިޔަ ފެރީއެއް، އުނގޫފާރު ބަނދަރަށް ކައިރިކުރަން އުޅުމުގެތެރޭ ބާރު ސްޕީޑުގައިގޮސް ތޮށިގަނޑުގައި ޖެހިންގެންކަމަށާއި، މި ޙާދިސާގައި އެފެރީއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުޤީޤުކުރަމުންނެވެ.