ސިއްހަތު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވައިލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވައިލައްވައިފިއެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ 2021 ޖަނަވަރީ 19 ވަނަ ދުވަހުއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވާލައްވާފައިވަނީ 7 މެންބަރުންގެ މައްޗަށެވެ. މި ބޯޓުގައި ހިމެނޭ ބޭފުޅުންނަކީ :

1. އަޙްމަދު ޒާހިރު (މާހީ، ސ. ހިތަދޫ)
2. ޑޮކްޓަރ މުޙައްމަދު ޞާލިޙް (ކުއްޅަވައްގެ، ސ. ހުޅުދޫ)
3. ޑޮކްޓަރ ޢަލީ ނަޡީމް (މއ. އެލީޒިއަމް)
4. އާމިނަތު ޝާއިނާ ޢަބްދުﷲ (ގ. ޕޫލްކިނާރާ)
5. އާމިނަތު މުޙައްމަދުދީދީ (ބަންޑާރަދަޑިގެ، ސ. މީދޫ)
6. ޒާހިދާ އިބްރާހީމް (ޢަސްރުމާގެ، މާދަޑު، ޏ. ފުވައްމުލައް)
7. ޢަބްދުﷲ ޞާދިޤު (ކައުސަރު، ސ. ހިތަދޫ)

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، މީދޫ ޞިއްޙީ މަރުކަޒާއި، މަރަދޫ ޞިއްޙީ މަރުކަޒާއި، ފޭދޫ ޞިއްޙީ މަރުކަޒާއި، ހުޅުދޫ ޞިއްޙީ މަރުކަޒު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ އަޙްމަދު ޒާހިރެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުވެސް އެކުލަވާލައްވާ، އެ ބޯޑަށް އިއްޔެވަނީ މެންބަރުން ޢައްޔަނުކުރައްވާފައެވެ.