ޚަބަރު

މާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ


މާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ. ރޯވެފައިވަނީ ގ. މަޖުދުއްދީން ދަނާލު ކުރިމަތިން ދުއްވާފައިދިޔަ ކާރެއްގައިކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.

ކާރުގައި ރޯވި ކަމުގެ ރިޕޯޓު މިރޭ 19:10 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިންވަނީ ރޯވި އަލިފާންގަނޑު 19:18 ހާއިރު ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.