ޚަބަރު

ސިނަމާލެ ބުރިޖުގައި ކާރަކާއި ވޭނެއްޖެހި އެކްސިޑެންޓެއް ހިނގައިފި


ސިނަމާލެ ބުރިޖުގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެކްސިޑެންޓް ހިނގި ކާރާއި ވޭން ދުއްވަން އިނީވެސް "އީ" ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ ފަރާތްކަމަށެވެ. ނަމަވެސް ދެ ފަރާތުގެ ލައިސަންސްވެސް މުއްދަތު ހަމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:38 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.