ޚަބަރު

ކޯޓުން ބޭރުގައި މިހާރު ކައިވެނިކުރެވޭނެ


ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސްތައް އަލުން ބޭއްވުމުގެ ހުއްދަ ފެމެލީ ކޯޓުން ދީފިފިއެވެ.

ކޯވިޑާއުި ގުޅިގެން މާލެ ފުރަބަންދުކުރި ދުވަހުން ފެށިގެން މިހާތަނަށް ފެމެލީ ކޯޓުން ކާވެނިކޮށް ކޮށްދެމުން އައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެ ނިންމުމަށް ބަދަލު ގެނައިކަން ހާމަކޮށް ފެމެލީ ކޯޓުން ނެރުނު ބަޔާނެއްގައިވަނީ ކޯވިޑްގެ ޙާލަތުގައި ފެމިލީ ކޯޓުން އޮންލައިންކޮށް ކާވެނި ކޮށްދިން ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނީގެ ޢަޤްދުކޮށްދިނުން ހުއްޓާލާ ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި އަޤްދުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

މި ބަދަލާއި އެކު ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެކަމަވެެސް އެ ކޯޓުން ވިދާޅުވެއެވެ. ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި ކާވެނީގެ މަޖްލިސް ބާއްވާ ތަން އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެކަމަށްވެސް ފެމެލީ ކޯޓުން ވިދާޅުވެއެވެ.