ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 38 މީހުން

ރާއްޖެއިން އިތުރު 38 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 29 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 34މީހުންނެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 12049އަށް އަރާފައެވެ.

ރާއްޖެއިން މިއަދު މިބަލިން ރަނގަޅުވީ 29 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11،968 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެނުނުތާ 268 ދުވަސްވެފައި ވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 47 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ. އެއީ 39 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު އެއްހާހުން ދަށުގައި ހުންނަތާ ދުވަސްތަކެއްވުމަށްފަހު އިތުރުވާން ފަށާފައިވާއިރު، އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވްކޭސްތަކުގެ ޢަދަދުމިވަނީ 1027އަށް އަރާފައެވެ. އަދި 342މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 89 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހުުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ މީހުންގެ އިތުރުން އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ލ. ގަމުގައި 2 މީހުންނަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1718 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 246،233 ސާމްޕަލްވަނީ ނަގާފައެވެ.