ކުޅިވަރު

ލިވަޕޫލް އާއި އެޔެކްސް ވާދަކުރާ މެޗާމެދު ނުވިސްނަން : ގެސްޕަރީނީ


ޗެމްޕިއަންސް ލީގުގައި ޑެންމާކުގެ މިޓްޔައެލޭންޑާ ދެކޮޅަށް ނުކުންނައިރު ގުރޫޕްގައި ލިވަޕޫލާއި އަޔެކްސް ވާދަކުރާ މެޗަށް ނުވިސްނާކަމަށް އެޓްލާންޓާގެ ކޯޗު ޖިޔާން ޕިއެރޯ ގެސްޕަރީނީ ބުނެފިއެވެ.

މުބާރާތުގެ ދެވަނަބުރަށް ދިޔުމަށް ތިންޓީމަށް ވެސް ފުރުސަތު ހުޅުވިފަވާއިރު މެޗުގެ ކުރިން ވާހަދައްކަމުން ގެސްޕަރީނީ ބުނީ އޭނާގެ ވިސްނުންހުރީ ހަމައެކަނި އޭނާގެ ޓީމުކުޅޭ މެޗަށް އެކަނި ކަމަށާއި ގުރޫޕްގައި ފަހު ދެމެޗުގައި ރަނގަޅު ނަތީޖާއަކަށް އުންމީދުކުރާކަމަށެވެ. އޭނާ ބުނީ އެޓްލާންޓާއިން ފަހުވަގުތާ ހަމަޔަށް މަސައްކަތްކުރާނެ ކަމަށާއި މިވަގުތު ވިސްނެން އޮތީ ހަމައެކަނި ކުރިޔައަށް އޮތް މެޗަށް އެކަނިކަމަށެވެ.

ގުރޫޕްގެ ކުރީގައި އޮތްޓީމު ލަވަޕޫލަށް ފަހު ޑެންމާކުގައި ނުކުންނާނީ ވަރަށް ވުރަގަދައަށް ތައްޔާރުވެގެން ކަމަށާއި ގުރޫޕްގައި އެޓީމުން އަތުން ނަތީޖާ އެއް ހޯދުމަކީ އެހާ ފައްސޭހަ ކަމެއް ނޫންކަމަށް އެންމެފަހުން ގުރޫޕްގައި ލިވަޕޫލް ބަލިކުރި އެޓްލާންޓާގެ ކޯޗު ބުނިއެވެ. އެޓްލާންޓާއިން އަބަދުވެސް ނުކުންނާނީ މޮޅުވާން ކަމަށާއި އެހެންނަމެވެސް ގުރޫޕްގައި އަޔެކްސް އާއި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުތަކަކީ އެހާ ފައްސޭހަ މެޗުތަކެއް ނޫންކަމަށް ގެސްޕަރީނީ ބުނިއެވެ. ގުރޫޕުގައި އެންމެފަހު ދެމެޗަށް ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވާނެކަމަށް ގެސްޕަރީނީ ބުނިއެވެ.

މިރޭ މެޗާ ކުރިމަތިލާއިރު ގުރޫޕްގެ އެއްވަނައިގަ ލިވަޕޫލް އޮތީ 9 ޕޮއިންޓާއެކުއެވެ. އެޓްލާންޓާ އާއި އަޔެކްސްއަށް ލބެނީ 7 ޕޮއިންޓެވެ.