ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް 24 ގަޑިއިރު،
ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ
ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މޫސުމާ
ބެހޭ ޤައުމީ އިދާރާއިން ވަނީ އަތޮޅުތަކަށް މޫސުމާ ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ވައިޓް އެލާރޓެއް
ނެރެފައެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މެދުރާއްޖެ ތެރެއާއި، ދެކުނުގެ
އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި
ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭކަމަށެވެ. އަދި ރާއްޖޭގެ
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވުން
އެކަށީގެންވާތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް
އެއިދާރާއިން އެދިވަޑައިގަންނަވާފައެވެ.ވޭތުވެދިޔަ އެއް ގަޑިއިރުގެ ތެރޭ އެންމެ
ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން އައްޑޫއަށް އެކަނިވެސް 23
މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން
މައުލޫމާތުދެއެވެ.