ޚަބަރު

ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ކުދިން ބަލިން ރަނގަޅުވެ، އެތަން މޮނިޓަރިންގއިން ދޫކޮށްލައިފި


ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކޯވިޑް19އަށް ޕޮސިޓިވްވި ކުދިން ބަލިން މުޅިން ފަސޭހަވެ، ހިޔާ މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ.

ދަޢުލަތުގެ ބެލުމުދަށުގައި ވިލިމާލޭ ހިޔާގައި ބަލަހައްޓަމުން އައި 2 ކުއްޖަކު ބައްޔަށް ޕޮސިޓިވްވެފައި ވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. މި ދެ ކުދިން ބައްޔަށް ޕޮޒިޓިވްކަން އެނގިފައި ވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ބައްޔަށް ޓެސްޓުކުރުމުންނެވެ.

މި ކުދިން ބައްޔަށް ޕޮސިޓިވްވުމައި ގުޅިގެން ކުޑަދިންގެ ހިޔާ މޮނިޓަރިންއަށް ވަނީ ލާފައެވެ. އެޗްއީއޯސީން މަޢުލޫމާތުދޭ ގޮތުގައި ހިޔާގައި ދިރިއުޅޭ ކުދިންނާއި މުވައްޒަފުން ހިމެނޭހެން، 89 މީހަކު މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ތިއްބެވެ. މީގެތެރެއިން 4 ކުއްޖެއްގެ ގައިގައި ބަލީގެ އަލާމާތްތައްހުރެގެން ޓެސްޓު ހެދިއިރު އެ ކުދިންވަނީ ބައްޔަށް ނެގެޓިވްވެފައެވެ. އަދި ދެން ތިބި ހުރިހާ ކޮންޓެކްޓުންގެ ސާމަޕްލްވެސް ޓެސްޓުކުރި ކަމަށާއި، އެ އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވްވެފައި ކަމުގައި އެޗްއީއޯސީން ވިދާޅުވެފައެވެ.

14 ދުވަހުގެ ކަރަންޓީން މުއްދަތައްފަހު އެންމެން ބައްޔަށް ނެގެޓިވްވުމާއި ގުޅިގެން މިހާރު ވަނީ އެ ޙާލަތު އުވާލާ، ތަން އާއްމުޙާލަތަށް ގެނެވިފައިކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިތުރަށް ހުޅުމާލޭގައި ހުންނަ ފިޔަވަތިންވެސް ވަނީ ގިނަ އަދަދެއްގެ ކުދިންނާއި، އެތާނގައި މަސައްކަތްކުރާ މުވައްޒަފުން ޕޮޒިޓިވްވެފައެވެ. އެގޮތުން މިހާތަނަށް 35މީހުން ވަނީ ޕޮޒިޓިވްފައެވެ. ފިޔަވަތި އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.