ދުނިޔޭގެ ވިޔަފާރި

ކޮކާކޯލާގެ ވިޔަފާރި ދަށްވެ، 200 ބުއިމެއް އުފެއްދުން ހުއްޓާލަނީ


މަޝްހޫރު ބެވަރެޖް ކުންފުނި ކޮކާކޯލާގެ ވިޔަފާރި ދަށްވެ، 200 ބުއިމެއް އުފެއްދުން ހުއްޓާލަން ނިންމައިފިއެވެ.

ކޮކާ ކޯލާ ކުންފުނިން 200 ބުއިމެއް އުފެއްދުން ހުއްޓާލުމުން ކުންފުނީގެ ދަށުން ހިންގާ ބްރޭންޑްތަަކުގެ އަދަދު ދެބައި ކުޅަ އެއްބަޔަށް މަދުވެގެންދާނެއެވެ.

ކޯވިޑްގެ ސަބަބުން ކުރިމަތި އިޤްތިޞާދީ ދަތިކަމާއެކު އަޅަން ނިންމި ފިޔަވަޅާއި ގުޅޭގޮތުން ކޮކާ ކޯލާ ކުންފުނިން ވަނީ ފުރަބަންދުވުމުގެ ސަބަބުން ކުންފުނީގެ ގިނަ އުފެއްދުންތަކެއްގެ ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅާލާފައިވާކަމަށެވެ. އެގޮތުން ކުންފުނީގެ ތިންވަނަ ކުއާޓާގެ ރެވެނިއު ވަނީ 9 އިންސައްތައިން ދަށަށްގޮސް 8.7 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި މިކަމާހުރެ ކޮކާކޯލާ ކުންފުނީގެ ދަށުން ހިންގާ ބްރޭންޑްތަކުގެ ތެރެއިން އެންމެ ވިޔަފާރި ދަށްވެފައިވާ 200 ބްރޭންޑެއް އުފެއްދުން ހުއްޓާލަން ނިންމާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެެވެ. އެހެންމަވެސް، ވިޔަފާރި ހުއްޓާލާ ބްރޭންޑްތަކުގެ ތަފްސީލެއް ކޮކާކޯލާ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ކޮކާ ކޯލާ ކުންފުނީގެ މި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުންފުނީގެ ސީއީއޯ ޖޭމްސް ކުއިންސީ ވަނީ ހުއްޓާލަން ނިންމާފައިވަނީ ގިނަ ދުވަސްވީ އައުޓް ޑޭޓް ވެފައިވާ ބުއިންތައްކަމަށެވެ. މީގެ ތެރޭގައި މައިގަނޑުގޮތެއްްގައި ހިމެނެނީ ހައިޑްރޭޝަން ކެޓަގަރީގެ ބުއިންތައްކަމަށް ސީއީއޯ ޖޭމްސް ކުއިންސީ ވިދާޅުވިއެވެ. އެގޮތުން ދަސާނީ، ޕަވަރޭޑް އަދި ސްމާޓް ވޯޓަރ ފަދަ ބްރޭންޑްތައް އުފެއްދުން ހުއްޓާލާނެކަން ޖޭމްސް ކުއިންސީ ވަނީ ކަށަވަރުކޮށްދީފައެެވެ. މީގެ އިތުރުން ޓެބް، ޒިކޯ އަދި އޮޑްވާލާ ފަދަ ދުވަސްވީ އަދި ފައިދާ ނުވާ ބްރޭންޑްތައް ވަނީ ހުއްޓާލަން ނިންމާފައެވެ.

ކޮކާ ކޯލާގެ ވިޔަފާރި ދަށްވެ 200 ބުއިމެއް އުފެއްދުން ހުއްޓާލަން ނިންމާފައިވާއިރު، އެ ކުންފުނިން ދަނީ އެ ކުންފުނީގެ މަޝްހޫރު ބްރޭންޑްތައް އިތުރަށް އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރުކުރަމުންނެވެ. އެގޮތުން ޒަމާނަށް ފެތޭ ބުއިންތަކުގެ ގޮތުގައި ބަލާ ކޮކާ ކޯލާ ޒީރޯ ޝުގަރ އަދި ޓޮޮޕޯ ޗިކޯ ފަދަ ބްރޭންޑްތައް އިތުރަށް އިޝްތިހާރުކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މުޅިން އައު ބުއިންތައް ތަޢާރަފްކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު މި ބުއިންތައް ލޯންޗްކުރާނެކަމަށް ކޮކާކޯލާ ކުންފުނިން ބުނެއެވެ.

ގާރލް 7

ޕްލީޒް ޕްލީޒް ނޮޓް ކޯކް