ކުޅިވަރު

ފާޑު ކިޔުންތަކުން ހިތްވަރު އާވޭ: ޒިދާން


ޓީމު ބަލިވަންޏާ އަބަދުވެސް ފާޑުކިޔުން އަމާޒުވާނެ ކަމަށާއި ފާޑުކިޔުންތަކުން ހިތްވަރު ލިބިގެން ދާކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޔުކްރެއިނުގެ ޝަހުތަރު ޑޮނެސްކާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ޒިދާން ބުނީ ފާޑު ކިޔުންތައް ބަލައިގަންނަ ކަމަށާއި ފާޑު ކިޔުންތަކުން އަރައިގަތުމަށްޓަކައި ޓީމުން ބުރަކޮށް މަސައްކަތް ކުރާކަމަށެވެ. ލީގުގައި އެންމެފަހުން ކާޑިޒް އަތުން ބަލިވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރެއާލްއަށް އަމާޒުވެފައެވެ.

އަބަދުވެސް މެޑްރިޑުން ބޭނުންވާނީ ކާމިޔާބު ކަމަށާއި އެހެންޓީމުން އެކަން ދަންނާނެކަމަށް ޒިދާން ބުންޏެވެ. މުބާރާތް ކާމިޔާބުކުރަން ނުކުންނަ ޓީމުތައް ގިނަކަމަށާއި މި ސީޒަނުގައި މެޑްރިޑުވެސް ނުކުންނާއި މުބާރާތް ކާމިޔާބުކުރަން ކަމަށް ކޯޗެއްގެ ގޮތުގައި ތިން ފަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

މުބާރާތުގައި ތަފާތު އެކި އުނދަގޫ ހުރަސްތަކާ ދިމާވާނެކަމަށާއި އެކަންކަމުން އަރައިގަންނަން މެޑްރިޑުން ދަސްކުރަން ޖެހޭނެކަމަށް ޒިދާން ބުންޏެވެ. މެޑްރިޑުން ވަނި 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.