ކުޅިވަރު

އިންގްލެންޑަކީ ޔޫރަޕުގައި ހިމެނޭ ވަރުގަދަ ޓީމެއް: ގިގްސް



އިގްލެންޑް ޓީމަކީ ޔޫރަޕުގައި ގުނާލެވޭ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް ވޭލްސްގެ ކޯޗު ރަޔާން ގިގްސް ބުނެފިއެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ އިންގްލޭންޑްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ގިގްސް ބުނީ އިންގްލެންޑް ޓީމު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި ދެޓީމު ނެގޭހާ މޮޅެތި ކުޅުންތެރިން އިންގްލެންޑް ސްކޮޑުގައި ހިމެނޭކަމަށެވެ. މިހާރު ޔޫރަޕުގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި އިންގްލޭންޑް ހިމެނޭކަމަށާއި އެކަން ރޭންކިންނުން ސާބިތުވާކަމަށް ގިގްސް ބުންޏެވެ.

އޭނާ ބުނީ މިމެޗަށް ނުކުންނައިރު އާދީއްތަ ދުވަހުގެރޭ ކުޅޭ ނޭޝަންސް ލީގުގައި އަޔަންލެންޑް މެޗަށް ވިސްނަންޖެހޭކަމަށާއި މެޗު ބޮޑަށް ބަލާނީ އެ މެޗަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއް ގޮތުގައިކަމަށެވެ. ގިގްސް ބުނީ އޭނާ ކުޅުނު ދުވަސްވަރާ ބަލާއިރު މިހާރު އޮތް އިންގްލެންޑްގެ ޓީމަކީ ތަފާތު މޮޅު ވަރުގަދަ ޓީމެއް ކަމަށެވެ. ޔޫރަޕުގެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެލެވެލްގައި ވާދަކޮށްލުމަކީވެސް ލިބޭނެ ތުޖިރިބާއަކަށް ވާނެކަމަށް ފުޓްބޯޅަ ކެރިއަރުގައި މެންޗެސްޓަރ ޔުނައިޓެޑާއެކު ހޭދަކުރި ގިގްސް ބުންޏެވެ.

މިހާރު ވޭލްސްއިން މަސައްކަތްކުރަނީ އެލެވްއަށް ދިޔުމަށްކަމަށް ކޯޗު ގިގްސް ބުންޏެވެ. 1977 ވަނަ އަހަރުފަހުން ވޭލްސްއަށް އިނގިރޭސިންގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. މިދިޔައަހަރުގެ ޖޫންމަހުގައި ހަންގޭރިއާ ވާދަކޮށް ބަލިވިފަހުން ބަލިނުވެ ވޭލްސްއިން މިހާތަނަށް 8 މެޗު ހަމަކޮއްފައެވެ.

މިއީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސްގެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ ރަމްސޭ، ގެރެތު ބޭލް އަދި ޖޯއެލަން ނެތި އެޓީމުން އިންގްލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުގެ ޔޫރޯގަ މި ދެޓީމް ވާދކުރި މެޗު 2-1 ލަނޑުން ކާމިޔާބުކުރީ އިންގްލެންޑެވެ.