ކުޅިވަރު

މިއީ ބޭނުންވި ނަތީޖާއެއް ނޫން: ސިމިއޯނީ


ސްޕެނިޝް ލީގުގައި ވިދިވިދިގެން ދެ މެޗުން އެއްވަރުވުމުން އެއީ އެތުލެޓިކޯ މެޑްރިޑުން ބޭނުންވި ނަތީޖާ ނޫންކަމަށް އެޓީމުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

އެންމެފަހުން ލީގުގައި ވިޔަރެއާލްއާ ވާދަކޮށް އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ސިމިއޯނީ ބުނީ އޭނާގެ މުޅި ޓީމުގެ ވިސްނުން ގޯސް ނޫންކަމަށާއި ގޯހީ ހަމައެކަނި ނަތީޖާކަމަށެވެ. އޭނާ ބުނީ އަމިއްލައަށް ހެދޭ ގޯސްތަކުން މެޗު މާބޮޑަށް ފަސޭހަކޮށްލާކަން އޭނާއަށް ފާހަގަވެފައިވާކަމަށެވެ.

ސްޕެނިޝް ލީގުގައި އެންމެ ވަރުގަދަ ނޫނަސް މޮޅަށް ކުޅޭ ޓީމުތައް އުޅޭ ކަމަށާއި އެޓީމުތަކުން މެޗު ކޮންޓްރޯލްކުރަމަށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅޭކަމަށް ސިމިއޯނީ ބުންޏެވެ. އޭނާ ބުނީ ވިޔަރެއާލްއަކީ އެތުލެޓިކޯ މެޑްރިޑަށް ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ނޫންކަމަށާއި ލަނޑު ނުޖެހެންވީ ސަބަބެއް އޭނާއަށް އެއްގޮތަކަށްވެސް ނޭނގޭކަމަށެވެ. މިހެން ލަނޑުނުޖެހިދާ މެޗުތަކާ ގުޅޭގޮތުން ތަފްސީލުދޭން ވެސް ދަތިކަމަށް އެތުލެޓިކޯގެ ކޯޗު ބުންޏެވެ.

މިހާތަނަށް ސްޕެނިޝް ލީގުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތީ ތާވަލްގެ 12 ވަނައިގައެވެ.