ކުޅިވަރު

ހެދޭ އެންމެ ގޯހަކުން ހުރިހާކަމެއް ބަދުލުވެދާނެ: ނޫނޯ


މެޗުގައި ހެދޭ އެންމެ ގޯހަކުން ހުރިހާ ކަމެއް ބަދުލުވާނެކަން ކުރިންވެސް އެނގޭކަމަށް ވުލްވްސްގެ ކޯޗު ނޫނޯ އެސްޕަރީޓޯ ސަންޓޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއަތުން ބަލިވި މެޗަށްފަހު ވާހަދައްކަމުން ނޫނޯ ބުނީ މެޗުގައި ފެނިގެން ދިޔައީ އެކަންކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި އޭނާ އެންމެ ބޭނުންވި ވަރަށް ޓީމަށް ނުކުޅެވުނުކަމަށާއި އޭގެ ބަދަލުގައި ސީޓީން ބޯޅަ ހިފައިގެން ކުރިޔަށް ކުޅެ އޭނާގެ ޓީމަށް އުނދަގޫ ކުރިމަތި ކުރުވިކަމަށެވެ. ސީޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރި ހިސާބުން މާބޮޑަށް ދެން އުނދަގޫވިކަމަށް ނޫނޯ ބުންޏެވެ.

ލަނޑު ނުޖެހުނަސް މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކޮށް އެފުރުސަތުތަކުގެ ބޭނުން ނުކުރެވި ކިތަންމެ ފަހަރެއް ދިޔަކަމަށް ހުސްވި ސީޒަން ހަވަނައިގައި ނިންމާލި ކޯޗު ބުންޏެވެ. ވުލްވްސްގެ ކޯޗު ބުނީ މެޗުގެ ދެވަނަ ހާފްގައި ޓީމުގެ ކުޅުން ރަނގަޅު ކުރިކަމަށާއި މެދުތެރެއިން ސިޓީ ހިފެހެއްޓުނުކަމަށެވެ. އެހެންނަމަވެސް އެވަރަކުން ނުފުދުނުކަމަށާއި މެޗު ނިމުނީ އިތުރު ތަފާތެއް ޓީމަށް ނުދެއްކި ކަމަށް ނޫނޯ ބުންޏެވެ.

މިދިޔަ ސީޒަންގައި އަމިއްލަ ދަނޑުގައި ސިޓީ ބަލިކުރި ކޯޗު ބުނީ ބަދަލުކުރަން ހުރި ކަންކަން ވަރަށް ގިނަކަމަށެވެ. ވުލްވްސް އޮތީ ތިން ޕޮއިންޓާއާކު ލީގު ތާވަލުގެ 11 ވަނައިގައެވެ.