ޚަބަރު

މަރަދޫ-ފޭދޫ ނަރުދާ މަސައްކަތް އަންނަ ޖެނުއަރީ މަހަށް ނިންމާލެވޭނެ : އެމްޓީސީސީ


އައްޑޫސިޓީ މަރަދޫ-ފޭދޫ ނަރުދަމާ މަސައްކަތް މިއަންނަ އަހަރު ޖެނުއަރީ މަހަށް ނިންމާލެވެނޭ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތުގެ ބޮޑުބައިނިމިފައިވާ ކަމަށާއި، މަޝްރޫއު މިއަންނަ އަހަރު ޖެނުއަރީ މަހަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން މިމަސައްކަތަށް ބޭނުންވާ ޖެޓިންގް މެޝިން ޓެސްޓުކޮށް ނިމި އައްޑޫއަށް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ޓްވީޓް

މީގެ އިތުރުން މިމަހުގެ ދެވަނަ ހަފްތާ ތެރޭގައި މިމަޝްރޫޢޫގެ ޕާޝަލް ކޮމިޝަން ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިވަގުތު މި މަޝްރޫއުގައި ކުރިއަށް ދަނީ އައުޓްފޯލް ރެކްޓިފިކޭޝަން މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.

އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ތެރެއިން ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫގެ ނަރުދަމާ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވި ޢަމަލީ މަސައްކަތް ފެށުނީ 2017 ވަނަ އަހަރުއެވެ. މިމަޝްރޫޢު މިހާރު ކަނޑައެޅިފައި ވަނީ 124.18 މިލިއަން ރުފިޔާއެވެ.

މަރަދޫ-ފޭދޫގެ އިތުރުން ފޭދޫ އަދި މަރަދޫގެވެސް ނަރުދަމާ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ.