ކުޅިވަރު

ޔޫތް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރަވިންސް ހޯދައިފި


ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ރައީސް ޔާމީން
ޔޫތް ސިޓީ ޔޫތް ފުޓްސަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރަވިންސް ޓީމް
ހޯދައިފިއެވެ. ފައިނަލްގައި ސްޕާޓަންސްއާއި ވާދަކޮށް ރަވިންސް މެޗް ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ. ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލްކުރެއްވީ ރާއިސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު އަބްދުލްޣަފޫރުގެ އިތުރުން ޔޫތް މިނިސްޓާރ އަހްމަދު ޒުހޫރުއެވެ. 

ފައިނަލް މެޗުގެ މޮޅު
ކުޅުންތެރިޔާގެ މަގާމް ހޯދީ ރަވިންސް ޓީމްގެ ޔާމީން މުހައްމަދުއެވެ. މުބާރާތުގެ އެންމެ
މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު ފަސް
ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނޭ ހަތަރު ކުޅުންތެރިންނަކީ ޗެމްޕިއަންސް
ރަވިންސް ޓީމްގެ އަކްރަމް އަބަދުއްރަޝީދު، ސްޕާޓަންސްގެ އަބްދުﷲ އުސައިދު،
ކަސާނިއާގެ މުހައްމަދު ނާޝިދު، އެފްސީ ފުޅީގެ އަބްދުﷲ ރިޝާމްއެވެ. 

މުބާރާތުގެ އެންމެ
ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ބްރަދާސްގެ އަހުމަދު ޝަޒީމް ހުސައިންއެވެ. މުބާރާތުގެ
ފެއަރ ޕްލޭ ކުޅުންތެރިޔަކަށް ސްޕާޓަންސްގެ މުހައްމަދު ޝިމާލް ހޮވުނުއިރު
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޓީމް އެލްއެފްއެވެ. ހުޅުމާލޭގެ ރަވިންސް
ކެފޭއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތް އަންނަ އަހަރުވެސް
ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޗެމްޕިއަން ޓީމަށް މިފަހަރު ތިރީސް ހާސް ރުފިޔާގެ
ފައިސާގެ އިނާމް ދިނެވެ. އަންނަ އަހަރު މި އިނާމް ބޮޑު ކުރުމަށް
ނިންމާފައިވާކަމަށް ރަވިންސްއިން މާއުލޫމާތުދިނެވެ.