 
					
									 
					
									
			ކޯވިޑް-19ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރޭ އިރާކޮޅު އާއިމިނަތު އާދަމް ނިޔާވީ މޮނިޓަރިންގެ ހާލަތުގައި ހުއްޓަ ރޭ ކުއްލިއަކަށް ނޭވާލުމަށް ދަތިވެގެންނެވެ. އާމިނަތު އާދަމް ކޯވިޑް-19 އަށް ޕޮޒިތިވްވެފައިވާކަން ކަށަވަރުވެފައިވަނީ ނިޔާވި ފަހުންނެވެ. މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ނަގާފައިވާ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އާމިނަތު އާދަމް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ތަޢުޒިޔާގެ ޓްވީޓްގައި ވިދާޅުވީ ކޯވިޑް-19  ގައި  ރާއްޖެއިން  އެންމެ ފުރަތަމަ  ނިޔާވި އާމިނަތު އާދަމްގެ ޢާއިލާއަށް ވަރަށް  އިޚްލާސްތެރި ކަމާއެކު ތަޢުޒިޔާ  ދަންނަވާކަމަށެވެ. އެމަނިކުފާނު ވަނީ މަރްޙޫމް އާމިނަތު އާދަމްއަށް މާތް الله  ސުވަރުގޭގެ  ދާއިމީ ނިޢުމަތް  މިންވަރު  ކުރައްވައި  ޢާއިލާއަށް  ކެތްތެރިކަން ދެއްވުން އެދި ދުޢާދަންނަވާފައެވެ.
އާމިނަތު އާދަމް ނިޔާވުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، ރަޙްމަތްތެރިންނަށް ތައުޒިޔާވިދާޅުވެ ހިތާމާގައި ބައިވެރިވާކަން ހާމަކޮށްފައެވެ.
		
އާމިނަތު އާދަމް ނިޔާވުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، ރަޙްމަތްތެރިންނަށް ތައުޒިޔާވިދާޅުވެ ހިތާމާގައި ބައިވެރިވާކަން ހާމަކޮށްފައެވެ.