ބަދަލުތަކަކާއެކު ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީމް މަހު ބާއްވަން ނިންމަވައިފިއެވެ. 
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް ކަނޑަނޭޅުނު ނަމަވެސް އިންތިޚާބު 2020ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތާވަލް ކޮށްފައިވާކަަމަށެވެ. 
އެހެން އިންތިޚާބްތަކާ ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި ފޮށްޓަކަށް ލެވޭނީ 700 ވޯޓު ކަމަށާ، މިބަދަލު ގަނައީ ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމުގެ ބޭނުމުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.  މިބަދަލުގެ ސަބަބުން މިފަހަރުގެ އިންތިޚާބުގައި ވޭތުވެތިދަ އިންތިޚާބުތަކާ އަޅާބަލާއިރު 178 ފޮށި އިތުރަށް ބޭނުންކުރަންޖެހޭނެއެވެ. 
ވޯޓު ފޮށިތައް އިތުރުވުމުން އޮފިޝަލުންގެ ޢަދަދުވެސް 6،000 އާއި 7،000 ދެމެދުގެ ޢަދަދަކަށް އިތުރުވެގެންދާނެކަމަށްވެސް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކައުންސިލް އިންތިޚާބަށް މިގެނައި ބަދަލާއެކު މުޅި އިންތިޚާބަށް ގާތްގަނޑަކަށް 65 ނުވަތަ 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ކުރިމަތިލުމަށް ހުޅުވާލާނީ އަންނައަހަރުގެ ފެބުރުއަރީ މަހުއެވެ.