ޚަބަރު

ހިންމަފުށީގައި ފުޓްސަލް ޓަރފް ދަނޑެއް އެޅުމަށް ނިންމަވައިފި


މާލެ އަތޮޅު ހިންމަފުށީގައި ހުންނަ ޑްރަގް ޑިޓޮކްސް ސެންޓަރުގައި ފުޓްސަލް ދަނޑެއް އެޅުމަށް ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ ޑިޓޮކްސް ސެންޓަރުގައި މިހާރުވެސް 200އަށްވުރެ ގިނަ ޒުވާނުން ފަރުވާ ހޯދާކަމަށާއި އެ ޒުވާނުން މުޖުތަމަޢުއަށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް އެނބުރި ނެރެން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށެވެ. އަދި ސެންޓަރުގައި މިހާރުވެސް ފުޓްސަލް ކުޅޭނެ ވެލި ދަނޑެއްގެ ޖާގަ އެބައޮތް ކަމަށާއި އެ ތަނުގައި ޓާފް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ،

ޑިޓޮކްސް ސެންޓަރުގައި ފުޓްސަލް ދަނޑެއްގެ އިތުރުން ސެންޓަރުގެ މިއުޒިކް ރޫމަށް މިއުޒިކް ސާމާނު ހޯދައިދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި މީގެ އިތުރުން، ހިންމަފުށީގެ ޒުވާނުންގެ މަރުކަޒުގައި ފެންވަރު ރަނގަޅު ޖިމެއް އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.