ޚަބަރު

އެމް.ބީ.ޕީ.އޭގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ތަޢާރަޕް ކޮށްފި


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ތަޢާރަޕް ކޮށްފިއެވެ.
އެމްބީޕީއޭ ޔޫތް ޑެވެލޮޕްމަންޓް ޕްލެޓްފޯމުގެ ނަމުގައި ތަޢާރަފްކުރި މި ޕްރޮގްރާމަކީ ސްކޫލަތަކާއި ގުޅިގެން ބިލިއާޑް ކުޅުމަށް ޝައުގުވެރި ކުދިނަންނަށް ފުރުސަތެއް ހޯދައިދީ، ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ފެށި ޕްރޮގްރާމެއެކެވެ.
އެމްބީޕީއޭއިން ބުނީ، މި ޕްލެޓްފޯމުގެ މައިގަނޑު މަގްސަދަކީ ޒުވާން ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް ފެންވަރު ރަނގަޅުގެ ކުޅުންތެރިން އުފެއްދުން ކަމަށާއި، އަދި ރާއްޖޭގެ ބިލިއާޑް ކުރިއެރުވުންކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްބީޕީއޭގެ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އެކަޑަމީތައް އުފައްދައި، އެކަޑަމީތަށް ހިންގުމުގެ ފުރުސަތު އެމްބީޕީއޭއިން ދޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
އަދި އެކަޑަމީ ހިންގުމުގައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، އޭޕީބީޔޫ ލައިސަންސްގެ ކޯޗުން ތަމްރީން ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފިއެވެ.