ޚަބަރު

ފުރަތަމަ މެޗުން ބަލިވިޔަސް އުންމީދަކަށް ބަދަލެއް ނާދޭ - އިސްމާއިލް ނިހާދު


ފުރަތަމަ މެޗުން ބަލިވިޔަސް މުބާރާތުގައި ކުރިއަށްދާން މާބޮޑު ހުރަހެއް ނެތްކަމަށް ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ އެސިސްޓަންޓް ކޯޗް އިސްމާއީލް ނިހާދު ބުނެފިއެވެ.

އޭސީސީ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި ކުވައިތު އަތުން ބަލިވިމެޗަށްފަހު، އެސިސްޓަންޓް ކޯޗް އިސްމާއިލް ނިހާދު ބުނީ، ފުރަތަމަ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ނުދެއްކިގެން ކަމަށާއި، ހަތަރު ވަރަށް ވިކެޓް އަތުން ދޫވެގެންވެސް ދިޔަކަމަށެވެ.

މިމެޗުގެ ޓޮސް ދިމާވެގެން ކުވައިތުން ނިންމީ ކުޅޭށެވެ. އެގޮތުން ކުވައިތުން ވަނީ ފަންސާސް އޯވަރުގެ ތެރޭގައި ހަތްކުޅުންތެރިން ނުބައިވެގެން 308 ލަނޑު ހަދާފައެވެ. ޖަވާބުގައި ކުޅެންއަރާ ރާއްޖެއަށް 36 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 100 ލަނޑެވެ.

އިންމަ ބުނީ މެޗުގައި ޓާގެޓަކަށްވީ ފަންސާސް އޯވަރު ކުޅުން ކަމަށާއި، ނަމަވެސް ޓާގެޓަށް ވާސިލް ނުވެވުނީ ސަމާލުކަން ދޭންވީ ވަރަށް ސަމާލުކަން ނުދެވިގެން ކަމަށެވެ. އަދި ކުވައިތު އަތުން މޮޅުވެވުނު ނަމަ ގްރޫޕް ސްޓޭޖުގައި ކުރިއަށްދާން އިތުރު ހިތްވަރެއް ލިބުނީސް ކަމަށެވެ. އިންމަ ބުނީ މުބާރާތުގައި ރާއްޖެއަށް ވާދަކުރަން ޖެހެނީ ވަރުގަދަ ޓިމުތަކަކާއި ދެކޮޅަށް ކަމަށާއި، ނަމަވެސް މިމެޗުން ބަލިވުމަކުން މުބާރާތުގައި އިތުރަށް ކުރިއަށްދާން ހުރަހެއް ނެތްކަމަށެޗެ. އަދި ބާކީ މެޗުތަށް ކާމިޔާބުކޮށް ދެވަނަބުރަށް ދަތުރުކުރަން ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށްވެސް އިންމަ ބުންޏެވެ.

"އަސްލު މެޗުގައި ކުޅުންތެރިންގެ ފޯކަސް ގެއްލުމުން މައްސަލަ ޖެހުނީ، ބެޓިންގައިވެސް ތަންކޮޅެއް ފަރުވާކުޑަކޮށް ދިޔައީ، ހަތަރު ވަރަކަށް ވިކެޓުވެސް ދިޔަ ތައުން ކައްސާލައިގެން، ދެން މިމެޗުން މޮޅުވެނުނަމަ ކުރިއަށް ހުރިމެޗުތަކުގައި ތަންކޮޅެއް ފަސޭހަވާނެ، އެއީ އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ ވަރަށް ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް، އެކަމު ދެންހުރިމެޗުތަށް ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާކަމެއް ކުރާނަން" އިސްމާއިލް ނިހާދު ބުންޏެވެ.

މުބާރާތުގައި ރާއްޖެކުޅޭ ދެވަނަ މެޗުގައި ވާދަކުރަން ޖެހޭނީ އޮމާން އާއި ދެކޮޅަށެވެ.