ޚަބަރު

ޓީމު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ކުރިއެރުން ހޯދަމުން


ފަރިތަކުރުންތަކުގައި ކަނޑައަޅާ ޓާގެޓުތަށް ޓިމުން އަންނަނީ ވަރަށް ފުރުހަމައަށް ހާސިލްކުރަމުން ކަމަށް ޒުވާން ގައުމީ ކްރިކެޓް ޓީމުގެ އެސްޓެންޓް ކޯޗް އިސްމާޢިލް ނިހާދް ބުނެފި.

އޭސީސީ ނަވާރަ އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމަށް ލަންކާގައި ޒުވާން ޓީމުން ޚާއްސަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދަމުން އަންނައިރު، ޓީމުގެ އެސިސްޓަންޓް ކޯޗް އިންމަ ބުނީ، މިކޭމްޕްގެ ސަބަބުން ކުޅުންތެރިންގެ "ސެލްފް ކޮންފިޑެންސް" ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި، ފުރަތަމަ މެޗުން ނާކާމިޔާބުނުވި ނަމަވެސް ފަރިތަކުރުންތަކުގައި ކަނޑައަޅާ ޓާގެޓުތަށް ފުރިހަމައަށް ހާސިލްކުރަމުން އަންނަ ކަމަށެވެ.

މިކޭމްޕުގައި ރާއްޖެއިން ދެވަނައަށް ވާދަކުރިމެޗު ރާއްޖެއިން ކާމިޔާބުރީ ތަފާތު މޮޅު ކުޅުމަކާއިއެކު، ސްރީ ސިމަންގަލަ ޓީމާއި ވާދަކޮށްގެންނެވެ. ކޯޗް އިންމަބުނީ، ދެވަނަ މެޗަށް ނިކުތުމުގެ ކުރިން ވަރަށް ރަނގަޅަށް ޕްލޭންކޮށް ވަކިވަކި ކުޅުންތެރިން ގާތުގައިވެސް ކިޔައިދިން ކަމަށާއި، މެޗުގައި ކުޅުންތެރިން ޕްލޭނާއި އެއްގޮތަށް ކުޅުނު ކަމަށެވެ. އެގޮތުން ބޯލިން ޕާޓްނާޝިޕާއި، ބެޓިން ޕާޓްނަރުންވެސް ވަރަށް ރަނގަޅު ކަމަށާއި ހަމައެކަނި ފީލްޑިންގައި ކުޑަ މައްސަލައެއް އުޅޭކަމަށެވެ.

"މިއަދުގެ މެޗުގައި ހަމަ އަޅުގަނޑުން ރޭވިގޮތަށް ކުޅުނު، ބެޓިންވެސް، ބޯވްލިން ޕާޓްނަރުންވެސް ވަރަށް ރަނގަޅު، ދެނަ ހަމައެކަނި ފީލްޑިންގަ ކުޑަކުޑަ މައްސަލައެއް މި އުޅެނީ، އެކަން އަޅުގަނޑުމެން ކުރިއަށް އޮތްތާގައި ރަނގަޅުކޮށް މުބާރާތުގައި ރަނގަޅު ނަތީޖާ ހޯދޭތޯ މަސައްކަތް ކުރާނީ." އިންމަ ބުންޏެވެ.

އިންމަ ބުނީ، ކުރިއަށް އޮތްތާނގައި ދެންހުރި މައްސަލަތަށް ރަނގަޅުކޮށް މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދެނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށެވެ.