ޚަބަރު

ނޭޝަނަލް ޗެސް ޓްރެއިނާރސް ސެމިނާ ކާމިޔާބުކަމާއިއެކު ނިންމާލައިފި



މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއި ގުޅިގެން ކުރިއަށްގެންދިޔަ ނޭޝަނަލް ޗެސް ޓްރެއިނާރސް ސެމިނާ ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މިމަހުގެ 10އިން 13ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސެމިނާ ގައި ކިޔަވައިދެއްވީ މިސްޓާރ ވިޝާލް ސަރީންއެވެ. މިސެމިނާ ނިންމާލުމަށްފަހު ސެމިނާގައި ބައިވެރިވި 54ބައިވެރިންނަށް، ނޭޝަނަލް ޓްރެއިނާރ ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

ޓްރެއިނާރސް ސެމިނާ ނިންމާލުމަށްފަހު ލެކްޗަރާރ މިސްޓާރ ވިޝާލް ސަރީން ވަނީ އެކިއެކި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ބާއްދަލުކޮށް ރަޒުވާއާއި ގުޅޭ މަޢުލޫމާތު ދެއްވާފައެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއި ގުޅިގެން ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް ޚާއްސަ އެއްބަސްވުމެއްގައި ސޮއެ ކޮށްފައިވާއިރު، އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއި ގުޅިގެން އިތުރު ޕްރޮގުރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން މިމަހުގެ 22ވަނަ ދުވަހު އާބިޓާރޒް ޓްރެއިނިންގ ސެމިނާރ އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށްވެސް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.