 
										
			ޗައިނާގައި ބާއްވާ "ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ"ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ. 
މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއަރ 2019" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާތީ، މި ފެއަރގައި ދިވެހި ވިޔަފާރިތައް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. 
މިފެއަރ އޮންނާނީ މިއަހަރުގެ ޖޫން މަހުގެ 12 އިން 18 އަށް  ޗައިނާގެ ކުންމިންގ ގައެވެ. 
މިފެއަރގައި ދިވެހި އުފެއްދުންތައް ދައްކާލާ، ވިއްކުމުގެ ފުރުޞަތު ލިބިންގެންދާނެއެވެ. މި ފެއަރގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމުގައި ފަސޭހަވެގެންދާނެއެވެ. އަދި މިފަދަ އުފެއްދުންތައް އުފައްދާ ބޭރުގެ ފަރާތްތަކާއި ގުޅުންބަދަހިވެ، ދިވެހި އުފެއްދުންތައް މެކެނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ދެކެއެވެ. 
މި ފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތު އޭޝިޔާގެ ގިނަ ޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާނެ ފެއަރއެކެވެ. 
ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ފޯރމް ފުރިހަމަކުރިމަށް ފަހު އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެގާރަވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެދެއެވެ.
ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން އެ މުއްދަތުގެ ތެރޭގައިއަށް އީމެއިލްވެސް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 
މިފެއަރގައި ބައިވެރިމުވަމަށް ހުށައަޅާ ފަރާތްތަކަކުން މިފެއަރގައި ބައިވެރިވުމުގެ ހަރަދު ހަމައްޖައްސަންޖެހޭނީ ބައިވެރިވުމަށް އެދޭ ފަރާތްތަކުންނެވެ. ނަމަވެސް މިފެއަރގައި ބައިވެރިވާ  ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭނެއެވެ.