ޚަބަރު

އަމީނީ ސަންދަރެސް ރަސްމީކޮށް ހުޅުވައިފި



ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ދަށުން މަރާމާތުކުރި ފުރަތަމަ އައުޓްޑޯ ޖީމް، "އަމީނީ ސަންދަރެސް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޖީމް ރަސްމީކޮށް ހުޅުވައިދެއްވީ ކުޅިވަރާބެހޭ ވުޒާރާއާއި ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި، އެކްޓިންގ ޔޫތް މިނިސްޓާ ޢަލީ ވަހީދާއި، މާލެ ސިޓީ މޭޔާ ޝިފާ މުޙައްމަދެވެ.

މިނިސްޓާ ޢަލީ ވަހީދާއި، މާލެ ސިޓީ މޭޔާރ ޝިފާ މުޙައްމަދު ވަނީ ޖިމް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު، ޖިމް ބައްލަވާލައްވާފައެވެ.

އާންމު ސަރަހައްދުތަކުގައި ލުއިފަސޭހަކަމާއިއެކު ކަސްރަތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ޒުވާނުންނާއި އާންމު ރައްޔަތުން ބޭތިއްބުމުގެ މަޤްސަދުގައި ސަރުކާރުން އަންނަނީ މީގެ އިތުރު ހަތަރު އައުޓްޑޯ ޖީމް ހެދުމަށް، އިތުރު ހަތަރު ސަރަހައްދެއްގައި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ ގަލޮޅު ސިޓީ ޕާރކް އާއި، މަޖީދީމަގު ބޮނޑިބަތް ޕާރކް އާއި، ބްރިގް ސަރަހައްދުގެ އިތުރުން ކުރީގެ ވެސްޓް ޕާރކް ސަރަހައްދުގައެވެ.

މި ޖިމްއަށް ސަންދަރެސް މިނަން ކިއުނީ ދިވެހިބަސް ދިރުވާ އާލާކުރުމުގެ ގޮތުން ކަމަށް ޔޫތް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.