ޓީސީ ސްޕޯޓްސް ކްލަބުން ދޫކޮށްލި ޑިފެންޑަރ އަބްދުﷲ ހަނީފް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެއެވެ. 
މިދިޔަ ދެ ސީޒަނުގައި ޓީސީގެ ފަހަތް ބެލެހެއްޓި އަބްދުﷲ ހަނީފް ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ވޭތިވިދިޔަ ދެ އަހަރު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކަޕް ޓީސީން ކާމިޔާބުކުރި އިރު އަބްދުﷲ ހަނީފް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. 
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން އަންނަނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެގޮތުން ނިއުރޭޑިއަންޓްގެ ހަމްޒާ މުހައްމަދާއި އަދި އެޓީމުގެ ޑިފެންޑަރ އަހުމަދު އަބްދުﷲ ވެސް ވަނީ މާޒިޔާއަށް ގެންގޮސްފައެވެ. އަދި ޓީސީގެ އިބްރާހިމް ވަހީދު ހަސަން އާއި ވިކްޓްރީގެ ހުސައިން ނިހާންވެސް ވަނީ އެޓީމަށް ގެންގޮސްފައެވެ. އަދި މާޒިޔާގައި 
މިހާރު ތިބި ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓްވެސް އެޓީމުންވަނީ އިތުރުކޮށްފައެވެ.