މާލެ އިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަލިފާނުގެ ހާދިސާއެއް ހިނގައި އެ ދޯނިން ދަތުރުކުރި މީހަކު މަރުވެއްޖެއެވެ.
"ރަވާނާ" ނަމަކަށް ކިޔާ މި ބޯޓްގެ ބޮޑުބައެއް އަނދާފައިވާއިރު ބޯޓުން ދަތުރުކުރި 16 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި މަރުވެފައިވަނީ މި ހާދިސާއާ ގުޅިގެން ހާލުދެރަވި މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. ފުވައްމުލަކު ކިނބިދޫގޭ އުމުރުން 62 އަހަރުގެ މުހައްމަދު އަހްމަދު މަރުވެފައިވަނީ އޭނާހެ ހާލު ދެރަވުމާއި ގުޅިގެން ސީ އެމްބިއުލާންސްގައި ފ.ނިލަންދުއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މި ހާދީސާގައި އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ރޭ ފަތިހު ހިނ ގި މިހާދިސާގައި ރަވާނާ ބޯޓް އެއްކޮށް އަނދާ ވަނީ އަޑިއަށް ގޮސްފައިއެވެ. މި ބޯޓަކީ މުދާ ހިފައިގެން ފުވައްމުލަކުން މާލެ ދަތުރުކުރާ އެންމެ ބޮޑު ބޯޓެވެ. މި ބޯޓްގެ އަލިފާން ރީވެފައިވަނީ ފިލިތެޔޮ ރިސޯޓްކައިރިން ދަތުކުރަމުންދަނިކޮށެވެ. އަލިފާން ރޯވިއިރު ބޯޓްގައި 7 ދިވެހިންނާއި ނުވަ ބިދޭސީން ތިބިކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާން ރޯވުމާއި އެކު ބޯޓްގައި ތިބި އެންމެން ކަނޑަށް ފުންމާލިކަމަށްވެސް ފުލުހުން ބުނެއެވެ.
ކަނޑުމަތީ ތިބި އެންމެން ނަގާފއިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދަންޑެހެލު ނަމަކަށް ނިޔާ ދޯންޏަކަށްކަމަށް ފުލުހުންބުނެއެވެ
މި ދޯނީގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބިފައިވަނީ ފަތިހު 4:45 ހާއިު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.