ހުޅުމާލޭގައި ހަދަމުން ދިޔަ ޢިމާރާތަކުން މިރޭ އިރާކޮޅު ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިޙާދިސާހިނގީ މިރޭ 19:50 ހާއިރުއެވެ. ޢިމާރާތުގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ގަލުންޖެހި މަރުވީ ޢުމުރުން 44 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ގަލުން ޖެހުނީ އެމީހާގެ ބޮލުގައިކަމަށާ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމުގައި ފުލުހުން ވިދާޅުވެއެވެ.