ކުޅިވަރު

ޔުވެންޓަސްއިން މާސެލޯ ގެންދަން މަސައްކަތް ކުރަނީ


އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން މާސެލޯ ގެންދަން މަސައްކަތް ކުރާކަމުގެ އަޑު ފެތުރިއްޖެއެވެ.

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުވެންޓަސްއިން، މާސެލޯ ހޯދަން 45 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުވެފައި ވާކަމަށްވެސް ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

އެކުލަބުން މާސެލޯ ހޯދަން އުޅޭކަމަށް އަޑު ފެތުރިފައި މިވަނީ ރެއާލް މެޑްރިޑުން އޭނާއަށް މިހާރު އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޔުވެންޓަސްއިން މިސީޒަނަށް މާސެލޯއާއި އެކު ރެއާލްއަށް ކުޅުނު ރޮނާލްޑޯ ގެނެސްފައި ވާއިރު، ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ އޭނާވެސް ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް މާސެލޯ ކުރިން ވަނީ ބުނެފައެވެ.