ކުޅިވަރު

ޓިއޯމެން ސާފް ފެސްޓިވަލްގައި އައްޔަ ރަން މެޑަލް، ޖާވީދް ރިހި މެޑަލް ހޯދައިފި


މެލޭޝިއާގައި ކުރިއަށްދިޔަ ޓިއޯމެން ސާފް ފެސްޓިވަލްގެ ބޮޑީބޯޑިންގެ ކެޓެގަރީއިން ރާއްޖެ އަލީ ޚުޝްރުވާން އަހުމަދު އެއްވަނަ ހޯދިއިރު އަލީ ޖާވީދް ދެވަނަ ހޯދައިފިއެވެ.

ޚުޝްރުވާން އާއި ޖާވީދް މިމަގާމު ހޯދީ ފައިނަލުގައި، މުބާރާތް ބޭއްވި ގައުމު ކަމަށްވާ މެލޭޝިއާގެ ދެ ބޮޑީބޯޑަރުންނާއި ވާދަކޮށްގެންނެވެ.
މި ދެ އެތްލީޓުންގެ އިތުރުން ރާއްޖޭގެ އަސްވާމް މުހައްމަދާއި މުހައްމަދު އިހުސާން މުބާރާތުން ވަކިވީ ބޮޑީބޯޑިން ކެޓަގަރީގެ ސެމީފައިނަލާއި ހިސާބުންނެވެ.

ޖުމްލަ 107 ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތް ކުރިއަށް ދިޔައީ 6 ކެޓެގަރީއަކަށެވެ. އެގޮތުން މުބާރާތުގެ ޝޯޓް ބޯޑް ކެޓެގަރީއިން ރާއްޖޭގެ އަހުމަދު އާގިލް ކެޓީ އިންޑޯ ޕްރޯ ރާޅާއެޅުންތެރިޔާ ކޮންޖޯ އަތުންނެވެ.

ފަޚުރުވެރި ކާމިޔާބީ އާއިއެކު ރާޅާއެޅުންތެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6ވާ ބުދަ ދުވަހުގެރޭގައެވެ.