ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެގެން، އައްޑޫ އެސްބީއައި ބްރާންޗް ތެރެއަށް


އައްޑޫސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ބްރާންޗަް ތެރެއަށް ވަދެއްޖެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 2:15 އެހައިކަށް ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ސީދާ ބުނަން މިވަގުތު ދަތިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި ބޭންކުގެ ބިއްލޫރިގަނޑު ތެޅި ގެއްލުންވެފައިވެއެވެ. މިހާދިސާ ހިނގިއިރު ކާރު ދުއްވަންއިން މީހާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް މަންޒަރު ދުއް މީހުން ބުނެއެވެ.