ކުޅިވަރު

ފީފާގެ ރައީސް އިންފަންތީނޯއާ މިނިސްޓަރ މަހުލޫފް ބައްދަލުކުރައްވައިފި


ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންތީނޯއާއި، ރައްޖޭގެ ކުޅިވަރާބެހޭ ވަޒީރު، އަހުމަދު މަހުލޫފް ބައްދަލުކުރައްވައިފިއެވެ.

އޭއެފްސީގެ ރައީސް ޝެއިހް ސަލްމާންގެ ދައުވަތަކަށް އަބޫދާބީއަށް މިނިސްޓަރ މަހުލޫފް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މަހުލޫފްވަނީ އޭޝިއަން ކަޕް ފުޓުބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މިރަސްމިއްޔާތުގެ ތެރެއިން، ޖިއާނީ އިންފަންތީނޯއާއި ބައްދަލުކުރައްވައި، މިނިސްޓަރ މަހުލޫފް ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެފްއޭއެމްއާއި ޔޫތް މިނިސްޓްރީ އާއި ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، މި ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ބައްދަލުކުރައްވާފައެވެ.