ކުޅިވަރު

ޒުވާން ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ފޯކައިދޫ ޓީމުން ފަށައިފި


ޔޫތް ޗެންޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރާ ފޯކައިދޫ ޓީމްއިން، އެޓީމުގެ ޒުވާން ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ފާއިތުވި އަހަރުވެސް އެކުލަބު ސީނިއާ ޓީމުން ޒުވާން ހުނަރުވެރި ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. ފޯކައިދޫ ޓީމްއިންވަނީ އެޓީމްގެ ސީނިއާރ ޓީމުގެ އެސިސްޓަންޓް ކޯޗް އަހުމަދު ހުޝަމްގެ އިރުޝާދުގެ ދަށުން، އެކާވީސް އަހަރުން ދަށުގެ ސްކޮޑެއް ނެގުމަށް ޓްރަޔަލް ފަށާފައެވެ.

ފާއިތުވި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމުގެ ގޮތުގައި ޕްރެމިއާ ލީގަށް ކޮލިފައިވެ، ފޯކައިދޫ ޓީމުން ވަނީ ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފާއިތުވި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ފޯކައިދޫ ޓީމްގެ ހުނަރުވެރި ޒުވާން ފޯވާޑް މުހައްމަދު ޖައިލަމެވެ.