ޚަބަރު

ޔޫއެންޑީޕީން އައްޑޫސިޓީ ކައުންސިލާ ބައްދަލު ކޮށްފި


ޔޫއެންޑީޕީން، އައްޑޫ ސިޓީ ކައުންސިލަށާއި އެ ސިޓީގެ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ އ.ދ އިން ރާއްޖެއަށް ކަނޑަޅާފައި ހުންނަ ރެސިޑެންޓް ކޯޑިނޭޓަރ އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޮކޯ ނޯޑާ އާއި އ.ދގެ ފަންނީ މާހިރެއް ކަމަށްވާ ޓެރެންސް ޑީ ޖޯންސް އާއި އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ޖަމްޢިއްޔާތަކާއެކު ބޭއްވި ބައްދަލުވުންތަކުގައެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި، ޔޫއެންޑީޕީން ވަނީ، އައްޑޫ ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ޖަމްޢިއްޔާތަކާއެކު ބޭއްވި ބައްދަލުވުމުގައި، އެ ޖަމްޢިއްޔާތަކުން ކުރިއަށްގެންދާ ޙަރަކާތްތައް ކުރިއެރުވުމަށް، ޔޫއެންޑީޕީއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ.