ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ފޮރިން ސެކްރެޓެރީގެ މަޤާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު އައްޔަނުކުރައްވައިފިއެވެ.
ފޮރިން ސެކްރެޓެރީގެ މަޤާމަށް ޢަބްދުލްޣަފޫރު މުޙައްމަދު އައްޔަންކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ ފެންވަރުގައެވެ.
ފޮރިން ސެކްރެޓެރީގެ މަޤާމަށް އައްޔަންކުރެއްވި ޢަބްދުލްޣަފޫރު މުޙައްމަދަކީ ރައީސް ނަޝީދު ސަރުކާރުގައި ރާއްޖެއިން އެމެރިކާ ސަރުކާރަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. މީގެ އިތުރުން ރައީސް މައުމޫންގެ ވެރިކަމުގައިވެސް އެމަނިކުފާނު ވަނީ ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވާފައެވެ.