ޚަބަރު

ރެޒިޑެންސް މޯލްޑިވްސް - ދިގުރަށަށް ބޭނުންވާ މުވައްޒަފުން އައްޑުއާއި ފުވައްމުލަކުން ހޯދަނީ


ގއ. އަތޮޅުގައި ހުޅުވުމަށް ތައްޔާރުވަމުންދާ ދަ ރެޒިޑެންސް މޯލްޑިވްސް - ދިގުރަށަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އައްޑުއާއި ފުވައްމުލައް ސިޓީގައި ޙަރަކާތްތަކެއް ބާއްވަން އެރިސޯޓުން ނިންމައިފިއެވެ.

"ރެކްރޫޓްމެންޓް ޑޭ" ގެ ނަމުގައި ބާއްވާ މި ޙަރަކާތް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 26 ވަނަ ދުވަހު މަރަދޫ ފޭދޫ ބޮޑުގޭގައި ހެނދުނު 9:30 ގައެވެ. އަދި ހިތަދޫގައި އެދުވަހު ހަވީރު 4:00 ފެށިގެން ކައުންސިލް އިދާރާ ހޯލުގައެވެ. އަދި ފޭދޫގައި މި ޙަރަކާތް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހު ރޭގަނޑު 8:00 އިން ފެށިގެންނެވެ. ފުވައްމުލަކު ސިޓީގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ހެނދުނު' ކުރުދުމާ މާލަމުގައިކަމަށް ރެސިޑެންސް މޯލްޑިވްސް ދިގުރަށުން ބުނެއެވެ.

ބައިނަލްޤުވާމީ ހޮޓެލް އެންޑް ރިސޯޓް ބްރޭންޑެއް ކަމުގައިވާ 'ސެންޒާރޯ' އިން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓް ރެސިޑެންސް މޯލްޑިވްސް ދިގުރަށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި އަންނަ އަހަރުގެ ކުރީ ކޮޅުގައެވެ. ގ.އ ތަރައްޤީކުރަމުންދާ މި ރިސޯޓް ވަނީ ސެންޒާރޯގެ ފުރަތަމަ ރިސޯޓް ފަޅުމާފުށްޓާއި އެއް ކިލޯމީޓަރު ބްރިޖަކުން ގުޅާލާފައެވެ.

މި ރިސޯޓް ހުޅުވުމަށް ތައްޔާރު ވަމުން އަންނަ އިރު މި ރިސޯޓުގައި 173 ވޯޓަރ އަދި ބީޗް ވިލާ ހިމެނެއެވެ. މީގެ ތެރޭގައި ޢާއިލާތަކަށް ޚާއްޞަ 12 ދެ ބެޑްރޫމް ހިމެނޭ ބީޗް އެންޑް ވޯޓަރ ޕޫލް ވިލާ ހިމެނެއެވެ.