ޚަބަރު

ކުޅުއްދުއްފުށީ އަންހެނުންގެ ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޝަހީދު ޙުސައިން އާދަމުގެ ހަނދާނުގައި ކުޅުއްދުއްފުށީގައި ބާއްވަމުން އަންނަ އަންހެން ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މިމުބާރާތް އިންތިޒާމުކުރާ ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސް އިން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހު 22 ގެ ކުރިން ޓީމް ލިސްޓް ހުށަހަޅަން ޖެހޭނެކަމަށެވެ. މިމުބާރާތް މިއަހަރުވެސް ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންކަމަށް އެކްލަބުން ބުނެއެވެ.

ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާ އިނާމެއްގެ ގޮތުގައި ދޭ މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.

މިއީ މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ބޭއްވި މި މުބާރާތުގައި 8 ޓީމަކުން ބައިވެރިވިއެވެ. މި މުބާރާތައް ވަރަށް ބޮޑު ތަރުޙީމެއް ލިބެމުން އަންނަކަމަށް ޑަބްލިއު ސްޕޯޓްސް އިން ބުނެއެވެ.