ކާނާ

ރެސިޕީ : ސިންގަޕޯ ނޫޑުލް ކަރީ ޝްރިންޕް


ތަފާތު ގޮތަކަށް ނޫޑުލްސް ތައްޔާރުކުރަން ބޭނުންނަމަ މިއީ ހިޔާރުކޮށްލަން ރަގަނޅު ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި :

2/3 ޗިކަން ސްޓޮކް (ހޫނުފެނުގައި ގިރާފައި)
1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1 ½ މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 ½ މޭޒުމަޓީ ސަމުސާ ހަކުރު
3 މޭޒުމަތީ ސަމުސާ ޕީނަޓް އޮއިލް
1 ½ މޭޒުމަތީ ސަމުސާ ހަވާދު
1 ލޮނުމެދު (ކުދިކޮށްކޮށާ، ޗިސްކޮށްފައި)
1 މޭޒުމަތީ ސަމުސާ އިގުރު (ކުދިކޮށްކޮށާ، ޗިސްކޮށްފައި)
1 ރަތް ބެލްޕެޕަރ (ކުދިކޮށްކޮށާފައި)
1 ފިޔާ (ކުދިކޮށްކޮށާފައި)
4 ފެހި ފިޔާ (ކުދިކޮށްކޮށާފައި)
1 ޕެކެޓު ގަނޑުކުރި ޝްރިންޕް
1 ½ ގަނޑުކުރި ފެހި އޮއް
1 ޕެކެޓު ރައިސް ނޫޑުލްސް (ތިން ބަޔަށް ބުރިކޮށް، ފެނުގައި ސޯކްކޮސްފައި)

ތައްޔާރުކުރާނެ ގޮތް :

ބޯތައްޓެއްގައި ޗިކަން ސްޓޮކް، އޮއިސްޓާރ ސޯސް، ސޯޔާ ސޯސް، ހަކުރު ތައްޓެއްގައި އެއްކޮށްފައި އެއްކައަރީގައި ބަހައްޓާލާށެވެ.
ބޮޑު ތަވައަކަށް ތެޔޮކޮޅުއަޅައި މެދު ގިނީގައި އުދުންމައްޗަށް ހޫނުކުރަން ޖައްސާށެވެ. ހޫނުކުރި ތެޔޮކޮޅުގެ ތެރެއަށް ހަވާދު، ލޮނުމެދު، އިގުރު އަޅާފައި މީރުކޮށްލާނީއެވެ. ދެންމީގެތެރެއަށް ބެލް ޕެޕަރ، ފިޔާ، ފެހި ފިޔާ އަޅާ 5 މިނެޓު މީރުކޮށްލާށެވެ. ދެން ކުރިން ބޯތަށީގައި އެއްކުރި އެއްޗެތި މީގެތެރެއަށް އަޅައި ކައްކާލާށެވެ. މިއަށްފަހު ޝްރިންޕް، ފެހި އޮއް އަޅާލައި އެއްކޮށްލައި، 5 ވަރަކަށް މިނެޓުކޮށްފައި ނޫޑުލްސްކޮޅުއަޅައި ކައްކާލުމުން ހުންނާނީ ތައްޔާރުވެފައެވެ.