ކާނާ

ރެސިޕީ : ބްރެޑް ކަނާފޭ


ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި މަޝްހޫރު، ފަލަސްތީން މި ރެސިޕީއަކީ ތަފާތު ފޮނި އެއްޗެއް ތައްޔާރުކޮށް ތަޖުރިބާ ކޮށްލަން އިހްތިޔާރުކުރަން ރަގަނޅު އެއްޗެކެވެ. މިއީ ހަވީރު ސަޔަށް ނުވަތަ މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމަށްފަހު ޑެޒާޓެއްގެ ގޮތުގައިވެސް ކާލަން މީރު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

1 ޕާން
100ގ ބަޓަރު (މެލްޓްކޮށްފައި)
ކްރީމް
މޮޓްޒަރެއްލާ ޗީޒް
މުގުރި ޕިސްޓާޝިއޯ

ސިރަޕް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި :

1 ޖޯޑު ހަކުރު
½ ޖޯޑު ފެން
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1 މޭޒުމަތީ ސަމުސާ ރޯސް ވޯޓަރ

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 180އަށްލާފައި ހޫނުކުރަން ޖައްސާށެވެ. ޕާނުގެ ކައިރިނެގުމަށްފަހު ބްލެންޑަރެއްގައި ހިމުންވަންދެން ޕްރޮސެސްކޮށްލާށެވެ. ދެން ޕްރޮސެސްކުރި ޕާނުގެ ތެރެއަށް މެލްޓްކުރި ބަޓަރ އެއްކުރާނީއެވެ. އެއަށްފަހު ޓްރޭއެއްގައި ބަޓަރުހާކާފައި، ފުށް ވެސް ހާކާލާށެވެ.
ދެން ޓްރޭގެ ތެރެއަށް ކުރިން މިކްސްކުރި ޕާން މިކްސްގަނޑުގެ އެއްބައި އަޅާލާށެވެ. ދެވަނަ ލޭޔަރއަށް ކްރީމް އާޅައި ފަތުރާލުމަށްފަހު މީގެ މައްޗަށް މޮޓްޒަރެއްލާ އަޅާ ފަތުރާލާށެވެ. ދެން ބާކީ ހުރި ޕާން މިކްސްގަނޑު މީގެ މައްޗަށް އަޅައި ފަތުރާލުމަށްފަހު އަވަނަށްލައި 20 މިނެޓު ފިހެލާނީއެވެ. ފިހެ ނިމުމުން މީގެ މައްޗަށް މުގުރި ޕިސްޓާޝިއޯތައް ލޮލަށް ރީތި ވަރަކަށް ބުރުއްސާލާނީއެވެ.
ޝުގަރސިރަޕް ތައްޔާރުކުރާނެ ގޮތަކީ، އެންމެ ފުރަތަމަ މެދުގިނީގައި ތެއްޔެއްގައި ފެން، ހަކުރު، ލުނބޯ ހުތް އަދި ރޯސް ވޯޓަރ އެއްކޮށްފައި، ހަކުރުތައް ގިރެންދެން މަޑުގިނީގައި މިކްސްކުރާނީއެވެ.
ކުދި ފޮތި ފޮއްޗަށް ބްރެޑް ކަނާފޭ ކޮށާފައި ސާރވްކުރަނީ ޝުގަރ ސިރަޕްއާއެކުއެވެ.