ޚަބަރު

ހުޅުމާލޭގައި ރަބަރު ސްޕީޑް ބްރޭކަރތަކެއް ހަރުކުރަނީ!


ހުޅުމާލޭގައި ރަބަރު ސްޕީޑް ބަރޭކަރ ނުވަތަ ދުވެލި މަތަ ހަރުކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ ސީއޯއޯ އަޙްމަދު ބުންޔާމީން ވިދާޅުވީ ތަޖުރިބާ ކުރުމުގެ ގޮތުން ހުޅުމާލޭ ބައެއް ސަރަހައްދުތަކުގައި ރަބަރު ސްޕީޑް ބްރޭކަރތަކެއް ހަރުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަމުގެ ނަތީޖާއަށް ބަލައި ކުރިއަށްއޮތްތަކުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަގުތަކުގައި ރަބަރު ދުވެލި މަތަ ހަރުކުރުމަށް ނިންމާފައިވާކަމަށް ބުންޔާމީން ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ ރަބަރ ސްޕީޑް ބްރޭކަރ ހަރުކުރުމުގެ ބޭނުމަކީ އެއްގަމު އުޅަންދު ފަހަރު ދުއްވާ ފަރާތްތަކަށް ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތެ ހަމަޖައްސައި ދިނުން ކަމަށެވެ.

ހުޅުމާލޭ ބައެއް ހިސާބުތަކުގައި އިމާރާތްތަކުން ފެން ބޭރުކުރަން ހޮޅި އަޅަނީ ޤަވައިދާ ހިލާފަށް ކަމަށާއި، އެފަދަ ކަންކަމަކީ ހަމައެކަނި އެޗްޑީސީން ރަނގަޅު ކުރަން ބޭނުންވިނަމަވެސް ރަނގަޅު ނުކުރެވޭނެ ކަންކަން ކަމުން އެކަމަށް ޢިމާރާތްކުރާ ފަރާތްތަކުގެ އެހީތެރިކަންވެސް ބޭނުންވާކަމަށް އެޗްޑީސީގެ ސީއޯއޯ ވިދާޅުވިއެވެ.

ހުޅުމާލޭގައި 50 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.