ކާނާ

ރެސިޕީ : ލެމަން ޕެޕަރ ޗިކަން


މިއީ ތައްޔާރުކުރަން ފަސޭހަ އަދި އެހާމެމީރު ކުކުޅުގެ ބާވަތެކެވެ.

ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި :

½ ޖޯޑު ފުށް
½ ސައިސަމުސާ ލުބޯ ތޮށި (ގާނާފަ، ލުނބޮލުގެ ބާކީވާބައި ފޮތިކޮށް ކޮށާފައި)
ލޮނު
2 ލުނބޯ (އެއް ލުނބޮލުގެ ހުތް)
1 މޭޒުމަތި ސަމުސާ މާމުއި
3 ޗިކަން ބްރެސްޓް (ކޮންމެ އެތިކޮޅެއް ދެފަޅިކޮށްފައި)
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ޖޯޑު ހޫނުފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް
2 މޭޒުމަތީ ސަމުސާ ބަޓަރކޮޅު
2 ލޮނުމެދު

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ އަވަން 200އަށް ޖައްސާށެވެ. ދެން ބޯތައްޓެއްގައި ފުށް، ލުނބޯ ތޮށި، ލުނބޯ ހުތް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. ދެން ޗިކަން ބްރެސްޓްތައް ކޮންމެ ފޮއްޗެއް ދެފަޅިކޮށްލުމަށްފަހު ފުށްއަޅާފައިވާ ތައްޓަށް އަޅައި އެއްކޮށްލާށެވެ.
އަނެއްކޮޅުން އުދުން މައްޗަށް މެދުގިނީގައި ތަހެއް އުދާ، އޮލިވް އޮއިލް ކޮޅު ހޫނުކޮށްލާށެވެ. ދެން ޗިކަން ބްރެސްޓްތައް ތާހުގެ ތެރެއަށްލާ ފިހެލާށެވެ. ކޮންމެ ފުށެއް މެދުގިނީގައި ދިހަ މިނެޓު ފިހެލާށެވެ. ކުކުޅުތައް ރޯފިލުމުން ތާސްތެރެއަށް ޗިކަން ސްޓޮކް، ބަޓަރ، ލޮނުމެދު، ތޮފިކޮށްފައި ހުރި ލުނބޯ އަދި މާމުއި ކޮޅު އާޅައި 15 މެނެޓު ކައްކާލާށެވެ. އޭރުން ހުންނާނީ ތައްޔާތު ކުރެވިފައެވެ.